ގިނަ ފްލައިޓްތަކެއް ކެންސަލް
އަވަސް
1 މާރިޗު 2026 | އާދިއްތަ | 6:33
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ގައުމުތަކަކުން ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތައް މިއަދުވެސް ކެންސަލްވެއްޖެ އެވެ.
އެ ގޮތުން މިއަދު ރާއްޖެ އަންނަން އޮތް 15 ފްލައިޓެއް ކެންސަލްވެފައިވާއިރު ބައެއް ފްލައިޓްތައް ވަނީ ޑިލޭވެފަ އެވެ. ކެންސަލްވި ފްލައިޓްތަކުގެ ތެރޭގައި އަބޫދާބީ އާއި ދުބާއީގެ އިތުރުން ޝާރްޖާހް އާއި ދޯހާ އަދި ބަހްރެއިން އިން އަންނަން އޮތް ފްލައިޓްތައް ހިމެނެ އެވެ. ޑިލޭވި ފްލައިޓްތަކުގެ ތެރޭގައި އިސްތަންބޫލް އާއި ޒިއުރިކްގެ އިތުރުން ލަންޑަން ހީތުރޯ އާއި ރޯމުން އަންނަން އޮތް ފްލައިޓް ހިމެނެ އެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.