ދިރާގުން ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި
އަވަސް
1 މާރިޗު 2026 | އާދިއްތަ | 10:12
މެދުއިރުމައްޗަށް ކުރިމަތިވެފައިވާ ހާދިސާއާ ގުޅިގެން ދިރާގު ކަސްޓަމަރުންނަށް ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައި ދީފި އެވެ.
ދިރާގުން ބުނި ގޮތުގައި މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހާދިސާތަކާ ގުޅިގެން އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާ ފަރާތްތަކުގެ ހާލުބެލުމަށާއި މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އެ ކުންފުނިން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ. މި ހިދުމަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އެ ގޮތުން #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މާދަމާގެ ނިޔަލަށް އެކްޓިވޭޓްކުރެވޭނެ ކަމަށާއި އެކްޓިވޭޓްކުރުމަށްފަހު ހަތް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. ދިރާގުން ދަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެމުންނެވެ.