ގަތަރު އެއާވޭސްގެ ދަތުރުތައް މެދުކަނޑާލައި އޮތް އޮތުން ދަމަހައްޓައިފި
އަވަސް
1 މާރިޗު 2026 | އާދިއްތަ | 1:22
ހަނގުރާމައިގެ ސަބަބުން ގަތަރު އެއާވޭސްގެ ދަތުރުތައް މެދުކަނޑާލައި އޮތް އޮތުން ދަމަހައްޓައިފި އެވެ.
މެދުއިރުމަތީގައި އިއްޔެ ފެށުނު ހަނގުރާމައިގައި އީރާނުން އަންނަނީ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށްވެސް ހަމަލާ ދެމުންނެވެ. އެހެންވެ ބައެއް ގައުމުތަކުން އެ ގައުމުތަކުގެ ވައިގެ ސަރަހައްދު މަދަނީ އުދުހުންތަކަށް ވަނީ ބަންދުކޮށްފަ އެވެ. އޭގެ ތެރެއިން އެއް ގައުމަކީ ގަތަރެވެ. ގަތަރު އެއާވޭސްއިން ބުނީ ދަތުރުތައް އަލުން ފަށާނީ ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އެ ގައުމުގެ ވައިގެ ސަރަހައްދު ރައްކާތެރިކަމާއެކު އަލުން ހުޅުވާލިކަން އިއުލާނު ކުރުމުން ކަމަށެވެ.