މަންދޫބަކަށްވުމުގެ ފުރުސަތު އިތުރުކޮށްފި

އަވަސް

1 މާރިޗު 2026 | އާދިއްތަ | 3:51

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ކެންޑިޑޭޓުންގެ މަންދޫބަކަށްވުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ އެ ކެންޑިޑޭޓެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް އެއް މަންދޫބަކު އައްޔަން ކުރުމުގެ ފުރުސަތު އިންތިހާބުތަކާބެހޭ އާންމު ޤާނޫނާއި އިންތިހާބުތަކާބެހޭ އާންމު ގަވާއިދުގެ ދަށުން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެ އެވެ. މިގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ އިން ފެށިގެން މިމަހުގެ 7 ވަނަ ދުވަހުގެ މެންދުރު 1:00 އާ ހަމައަށް ހުޅުވާލި ނަމަވެސް މިހާރު ވަނީ އެ މުއްދަތު މިމަހުގެ 10 ވަނަ ދުވަހުގެ 1:00 އާ ހަމައަށް ހުޅުވާލާފަ އެވެ.

ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭ ފަރާތްތަކުގެ ފޯމު ހުށަހަޅަން ޖެހޭނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށެވެ.

މައުޟޫޢުތަށް