އުރީދޫ ނޭޝަނުންގެ ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

އަވަސް

1 މާރިޗު 2026 | އާދިއްތަ | 7:56

ޔޫތު މިނިސްޓްރީ އާއި އުރީދޫ ނޭޝަނުން ކުރިއަށް ގެންދިޔަ "ރަމަޟާން އީ-ސްޕޯޓްސް ފެސްޓިވަލް 226 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މި މުބާރާތް ނިންމުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ޔޫތު ހަބްގައި ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝާދީ ޤަވާސްމީ އާއި ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ފެސްޓިވަލް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް އަދި ލޭން ފޯމެޓަށެވެ. މިއީ ރާއްޖޭގެ އެކި ކޮޅުތަކުގައި ތިބި ގޭމަރުންނަށް ވާދަވެރި މާހައުލެއް ފަހިކޮށްދިނުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ. ޓެކެން އަދި އީއޭއެފްސީ މުބާރާތްތައް ޔޫތު ހަބްގައި ލޭން އިވެންޓްތަކެއްގެ ގޮތުގައި ކުރިއަށް ދިޔައިރު، ޕަބްޖީ މޮބައިލް އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ. މީގެ ސަބަބުން މުޅި ރާއްޖެއިން ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ. މި މުބާރާތުގައި އީއޭއެފްސީގައި 20 ބައިވެރިން، ޓެކެންގައި 16 ބައިވެރިން، ޕަބްޖީ މޯބައިލްގައި 38 ޓީމު އަދި އެމްއެލްބީބީގައިވެސް 38 ޓީމު ވާދަކުރި އެވެ. މި މުބާރާތުގެ ހުރިހާ ކެޓަގަރީއެއްގައި ވެސް ފޯރިގަދަ ކުޅުމަކާއި، ވަރުގަދަ ޓީމުވޯކެއްގެ އިތުރުން އާދަޔާ ހިލާފު ހުނަރުވެރި ކުޅުންތެރިންގެ ހުނަރު ފެނިގެންދިޔަ އެވެ.

މައުޟޫޢުތަށް