2.2 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގަނެފި
އަވަސް
1 މާރިޗު 2026 | އާދިއްތަ | 9:09
ރާއްޖެ އެތެރެކުރަން އުޅުނު 2.2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގަނެފި އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި މި ތަކެތި އެތެރެކުރަން އުޅުނީ ވައިގެ މަގުން މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ކަސްޓަމްސް އިން އަތުލައިގަތީ 2.2 ކިލޯގްރާމްގެ ހެރޮއިންނެވެ. މިތަކެތީގެ މަގުމަތީ އަގު 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.