ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދީފި
އަވަސް
1 މާރިޗު 2026 | އާދިއްތަ | 9:28
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ހަމަލާދީފި އެވެ.
އީރާންގެ މިސައިލް ހަމަލާ އަމާޒުކޮށްފައިވަނީ ގަތަރުގައި ހުންނަ އަލް-އުދައިދު ވައިގެ އަސްކަރީ މަރުކަޒަށެވެ. ރިޕޯޓްތައް ބުނާ ގޮތުން ގަތަރުން ވަނީ ގާތްގަނޑަކަށް 63 މިސައިލް ހަމަލާ އާއި 11 ޑްރޯން ހަމަލާ ހުއްޓުވާފަ އެވެ. ނަމަވެސް ދެ ހަމަލާއެއް އެ މަރުކަޒަށް އަމާޒުވި އެވެ. އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ހަމަލާދިނުމުން އީރާނުން ދަނީ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. މިއާއެކު ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ މަދަނީ އުދުހުންތަކަށް ބަންދުކޮށްފަ އެވެ. މީގެ ތެރެއިން އެއް ގައުމަކީ ގަތަރެވެ.