ގުރުއާން ހިތުދަސްކުރި ހާފިޒުންނަށް އިނާމާއި މެޑަލް ދެއްވައިފި

އަވަސް

2 މާރިޗު 2026 | ހޯމަ | 6:12

ކީރިތި ޤުރުއާން ހިތުދަސްކުރި ހާފިޒުންނަށް އިނާމާއި މެޑަލް ދެއްވައިފި އެވެ.

މިކަމަށްޓަކައި ރޭ އިސްލާމީ މަޒުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ. މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ، އަލަށް ކީރިތި ޤުރުއާން ހިތުދަސްކޮށް ދަސްވެނިވި 31 ހާފިޒުންނަށް ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފަ އެވެ. މިއީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ހަމައަށް ކީރިތި ޤުރުއާން ހިތުދަސްކޮށް، ކީރިތި ޤުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުތުތަކާ އެއްގޮތަށް، ހިފްޒު އިމްތިހާނު ކޮމިޓީއަށް ކިޔައިދީ، އަލަށް ދަސްވެނިވި ހާފިޒުންނެވެ. މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ހާފިޒުންނާއި، ފިރިހެން 12 ހާފިޒުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ހާފިޒުންނާއި، 21 އަހަރުން މަތީގެ 8 ހާފިޒުންނެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިތުރު 18 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފަ އެވެ. މިއީ ސެޕްޓެމްބަރު 3، 2024 އިން މާޗް 18، 2025 ގެ ނިޔަލަށް ކީރިތި ގުރުއާން ހިތުދަސްކޮށް، ކީރިތި ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅުއްވާފައިވާ ޝަރުތުތަކާ އެއްގޮތަށް، ހިފްޒު އިމްތިހާނު ކޮމިޓީއަށް ކިޔައިދީ ސަނަދު ހާސިލުކޮށްފައިވާ ހާފިޒުންނެވެ.

މައުޟޫޢުތަށް