އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ

އަވަސް

2 މާރިޗު 2026 | ހޯމަ | 6:21

ލ. އަތޮޅުގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގީ ލ. ގަން، ތުނޑި، ލިންކް ރޯޑުގައި ދެ ސައިކަލު ޖެހިގެންނެވެ. ފުލުހުންނަށް މި އެކްސިޑެންޓް ރިޕޯޓްކުރީ ރޭ 9:36 ހާއިރު އެވެ. ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނަކަށެވެ.

މައުޟޫޢުތަށް