މިދިޔަ މަހު 247،722 ފަތުރުވެރިން
އަވަސް
2 މާރިޗު 2026 | ހޯމަ | 7:04
މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް 247،722 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަދަދަކީ މިދިޔަ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޒިޔާރަތްކުރި 214،091 ފަތުރުވެރިންނަށްވުރެ 15.7 ޕަސެންޓް އިތުރު އަދަދެކެވެ. މި އަދަދާއެކު އަހަރުގެ ފުރަތަމަ ދެ މަސް ތެރޭގައި ރާއްޖެއަށް ޖުމްލަ 472،510 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ފަތުރުވެރިންގެ ތެރެއިން 467,862 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.