ގިނަ ފްލައިޓްތަކެއް މިއަދުވެސް ކެންސަލްވެއްޖެ
އަވަސް
2 މާރިޗު 2026 | ހޯމަ | 7:20
ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް މިއަދުވެސް ކެންސަލްވެއްޖެ އެވެ.
އެ ގޮތުން މިއަދު ރާއްޖެ އަންނަން އޮތް 18 ފްލައިޓެއް ވަނީ ކެންސަލްވެފަ އެވެ. މި ފްލައިޓްތައް ކެންސަލްވެފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު މަދަނީ އުދުހުންތަކަށް ބަންދުކުރުމުން އެއާލައިންތަކަށް ދަތުރު ނުކުރެވޭތީ އެވެ. ކެންސަލްވި ފްލައިޓްތަކުގެ ތެރޭގައި އަބޫދާބީ އާއި ދުބާއީގެ އިތުރުން ޝާރްޖާހް އާއި ދޯހާ އަދި ބަހްރެއިން އިން އަންނަން އޮތް ފްލައިޓްތައް ހިމެނެ އެވެ. އަދި ކޮލަމްބޯއިން ރާއްޖެ އަންނަ އޮތް ފްލައި ދުބާއީގެ ފްލައިޓާއި ގަލްފް އެއާގެ ފްލައިޓް އަދި އެމިރޭޓްސްގެ ފްލައިޓްވެސް ވަނީ ކެންސަލްވެފަ އެވެ. މީގެ އިތުރުން އިއްތިހާދު އެއާވޭސް އާއި ގަތަރު އެއާވޭސްގެ އިތުރުން އެއާ އަރަބިއްޔާގެ ފްލައިޓްވެސް ވަނީ ކެންސަލްވެފަ އެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފަ އެވެ.