ދަތިކަމެއް ނެތް، ސުކޫކު އެޕްރީލް 8ގައި ދައްކަނީ
އަވަސް
2 މާރިޗު 2026 | ހޯމަ | 11:44
ސުކޫކު ދެއްކުމުގައި ދަތިކަމެއް ނެތް ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ 500 މިލިއަން ޑޮލަރުގެ ސުކޫކު އެޕްރީލް 8ގައި ދައްކަން ސަރުކާރުން ނިންމާފައިވާ ކަމަށާއި ސުކޫކު ދެއްކުމަށް ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އެ ގޮތުން ރޭގެ ނިޔަލަށް އެސްޑީއެފްގައި 320 މިލިއަނަށްވުރެ ގިނަ ޑޮލަރު އަދި ޔޫޒަބަލް ރިޒާވްގައި 330 ޑޮލަރާއެކު ޖުމްލަ 650 މިލިއަނަށްވުރެ ގިނަ ޑޮލަރު އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. ދަރަނި ދެއްކުމުގައި ކަންބޮޑުވުމެއް ނެތް ކަމަށާއި މި އަހަރަށް ބޭނުންވާ އިތުރު ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.