ރަމަޟާން މަހަށް ހާއްސަކޮށް "އެމްޑަބްލިޔުއެސްސީ ރޯދަ ސުފުރާ 1447"
އަވަސް
2 މާރިޗު 2026 | ހޯމަ | 12:42
މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން އިޖުތިމާއީ ޒިންމާގެ ދަށުން ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "އެމްޑަބްލިޔުއެސްސީ ރޯދަ ސުފުރާ" މި އަހަރުވެސް މުޅި ރޯދަމަހު ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނިމިދިޔަ ރަމަޟާން މަހު މި ޕްރޮގްރާމަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއި އެއްބާރުލުމާ ގުޅިގެން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމްޑަބްލިޔުއެސްސީ އިން އަންނަނީ މި ހަރަކާތް ކުރިއަށް ގެންދަމުންނެވެ. "އެމްޑަބްލިޔުއެސްސީ ރޯދަ ސުފުރާ 1447" ގެ ދަށުން ކޮންމެ ދުވަހަކުވެސް ރޯދަ ވީއްލުމަށް ބޭނުންވާ "އިފްތާރް މީލް ޕެކް" ބެހުމުގެ މަސައްކަތް ކުރިއަށްގެންދެ އެވެ.
މިއީ ރަމަޟާން މަހުގެ މަތިވެރި ރޫހާ އެއްގޮތަށް އެކަކު އަނެކަކަށް އެހީތެރިވެ އެކުވެރިކަމާއި އޯގާތެރިކަން އާލާކުރުމަށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ. މީގެ އިތުރުން މިއީ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮންނަ އެއްބައެއްވަންތަކަމާއި ބަދަހި ގުޅުން ދެމެހެއްޓުމަށާއި އިޖުތިމާއީ ރޫހު ވަރުގަދަކުރުމަށް އެމްޑަބްލިޔުއެސްސީ އިން ކުރާ މުހިންމު މަސައްކަތެކެވެ. "އިފްތާރް މީލް ޕެކް" ބެހުމުގެ ހަރަކާތް ކުރިއަށްދާނީ ފެން ބިލްޑިންގެ މައި ދޮރުމަތީގައި މިކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ޓެންޓުގަ އެވެ.