ސްޓެލްކޯއިން ފަޔާ ވޯޑަން ތަމްރީން ޕްރޮގްރާމެއް
އަވަސް
2 މާރިޗު 2026 | ހޯމަ | 6:00
ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންގަނޑު އިތުރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ސްޓެލްކޯއިން ކުރިއަށް ގެންގޮސްފި އެވެ.
ސްޓެލްކޯއިން ފަޔާ ވޯޑަން - ޓްރެއިން ދަ ޓްރެއިނާ ޕްރޮގްރާމްގެ ނަމުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް މިއަދު ވަނީ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. އެ ގޮތުން މި ޕްރޮގްރާމް ފުރިހަމަކޮށް 30 ބައިވެރިން ވަނީ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ. މި ތަމްރީން ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އާއި ސްޓެލްކޯ ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރު އެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މިއީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ މިންގަނޑުތައް ހަރުދަނާކުރުމަށާއި ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާ ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.