ވޯޓު ފޮއްޓާއި ގުޅޭ ޝަކުވާ ކުރަން ހުށައަޅައިފި

އަވަސް

3 މާރިޗު 2026 | އަންގާރަ | 10:05

ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް މި ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހެނދުނު 10:00 އިން މާދަމާގެ މެންދުރުފަހު 1:30 ގެ ނިޔަލަށް ހުޅުވާލާފަ އެވެ. މި ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓުގެ އިތުރުން 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް މި މައުލޫމާތު ބެލޭނެ ކަމަށް އީސީ އިން ބުންޏެވެ. އީސީ އިން ބުނި ގޮތުގައި ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ޝަކުވާ ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށެވެ. މި މުއްދަތުގައި ޝަކުވާ ހުށަހަޅާނީ ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތާއި ގުޅިގެން އެކަނި ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

މައުޟޫޢުތަށް