ޝައުނާ އޭސީސީއަށް ހާޒިރުކޮށްފި
އަވަސް
3 މާރިޗު 2026 | އަންގާރަ | 8:00
ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ޝައުނާ އިއްޔެގެ ވަގުތެއްގައި އޭސީސީއަށް ހާޒިރުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިކޮނޮމިކް ކައުންސިލުން ނިންމާފައި އޮތް ނިންމުމަކާ ގުޅިގެން ކަމަށެވެ. އެކަމަކު އެއީ ކޮން ކަހަލަ ނިންމުމެއް ކަމެއް އެނގިފައެއް ނުވެ އެވެ. ޝައުނާ ވިދާޅުވީ މިނިސްޓަރުގެ ހައިސިއްޔަތުން ހުރިހާ ކަމެއްވެސް ކޮށްފައިވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަދި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެމްޑީޕީ ސަރުކާރުގައި އެންވަޔަރަންމަންޓް މިނިސްޓަރު ކަމާ ޝައުނާ ހަވާލުވެވަޑައިގަތީ އޭގެކުރިން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ ހުންނެވުމަށްފަހު އެވެ.