މީޑިއާ ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކުރަން ފަށައިފި

އަވަސް

3 މާރިޗު 2026 | އަންގާރަ | 7:25

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ރަސްމީ ލޯގޯ ބޭނުންކުރަން ފަށައިފި އެވެ.

މީޑިއާ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ކޮމިޝަންގެ ރަސްމީ ލޯގޯ އާންމުކޮށް މިއަދުން ފެށިގެން ބޭނުންކުރަން ފަށާފައިވާކަން ހާމަކޮށްފަ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި ލޯގީ ފަރުމާކޮށްފައިވަނީ މައިގަނޑު ހަތަރު ބައެއްގެ މައްޗަށެވެ.

މި ލޯގޯއާއެކު ކޮމިޝަނުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި މީޑިއާގެ މިނިވަންކަން ދަމަހައްޓައި ޒިންމާދާރު ނޫސްވެރިކަމުގެ ސަގާފަތެއް ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުން ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް