ހަނގުރާމައާ ގުޅިގެން ތެލުގެ އަގަަށް ބަދަލު ގެނެސްފި

އަވަސް

5 މާރިޗު 2026 | ބުރާސްފަތި | 8:50

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފި އެވެ.

މި ބަދަލާއެކު ކުރިން 13.50ރ. އަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުން ދާނީ 16.01ރ. އަށެވެ. މިއީ 2.51ރ. ގެ ބޮޑުވުމެކެވެ. ޑީސަލް ލީޓަރެއް ކުރިން ވިއްކަމުން ދިޔައީ 13.92ރ. އަށެވެ. ނަމަވެސް މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކަމުން ދާނީ 17.54ރ. އަށެވެ. މިއީ 3.62ރ. ގެ ބޮޑުވުމެކެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގައި ތެލުގެ ވިޔަފާރިކުރާ ތަންތަނަށްވެސް ހަމަލާތައް އަމާޒުވެފައިވެ އެވެ. މީގެ އިތުރުން މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރުމަށް ބޭނުންކުރާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ވަނީ ބަންދުކޮށްފަ އެވެ.

މައުޟޫޢުތަށް