މި މަހުގެ ފަތުރުވެރިންގެ އަދަދު ދަށަށް

އަވަސް

5 މާރިޗު 2026 | ބުރާސްފަތި | 9:19

ރާއްޖެއަށް މިމަހުގެ ފުރަތަމަ ތިން ދުވަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 31 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

ފަތުރުވެރިންގެ އަދަދު ދަށަށް ދިޔައީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުން ރާއްޖެ އަންނަ ބައެއް ފްލައިޓްތައް ކެންސަލްވުމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ ފުރަތަމަ ތިން ދުވަހު ރާއްޖެ އައީ 15،535 ފަތުރުވެރިންނެވެ. ފާއިތުވި 2025 ވަނަ އަހަރުގެ މި މުއްދަތުގައި 22،600 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. ހަނގުރާމައިގެ ސަބަބުން ފްލައިޓްތަކެއް ކެންސަލްވުމުން ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް އިތުރު އެއާލައިންތައް ރާއްޖެ ގެނައުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އެ ގޮތުން ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެ އެވެ.

މައުޟޫޢުތަށް