މާލެއިން މީހަކު ގެއްލިގެން ހޯދަނީ

އަވަސް

5 މާރިޗު 2026 | ބުރާސްފަތި | 10:00

މާލެއިން މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ގެއްލިގެން ހޯދަނީ ޅ. ނައިފަރު، ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ. ފުލުހުން ބުނީ ރޭ 8:00 ހާއިރު ފާތިމަތު ނޫރާ ގެއިންބޭރަށް ދިޔަފަހުން ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ރޭ 12:19 ހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފާ ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފާތިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

މައުޟޫޢުތަށް