ދޮޅު މަސް ތެރޭގައި 83 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
އަވަސް
5 މާރިޗު 2026 | ބުރާސްފަތި | 12:13
ވޭތުވެދިޔަ ދޮޅު މަސް ދުވަހުގެ ތެރޭގައި 83 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ފާއިތުވި ދޮޅު މަސް ދުވަހުގެ ތެރޭގައި އަތުލައިގަތް 83.4 ކިލޯގެ މަސްތުވާތަކެތީގެ މަގުމަތީ އަގު 72.2 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މީގެ ތެރެއިން 72 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަމަށްވެސް މިނިސްޓަރު އަލީ އިހްސާން ވިދާޅުވި އެވެ. އިހްސާން ވިދާޅުވީ މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރާއްޖެއިން ބޭރުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކުރާ ތިން ދިވެހިން ދެނެގަނެފައިވާ ކަމަށެވެ. އަދި އެ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ