ވަށަފަރަށް ކަނޑާލިފިނޮޅު، އުނގޫފާރަށް އުނގުލު
އަވަސް
5 މާރިޗު 2026 | ބުރާސްފަތި | 9:52
ތިލަދުންމަތީ އުތުރުބުރީ ކަނޑާލިފިނޮޅު އެ އަތޮޅު ވަށަފަރުގެ ބައެއް ކަމުގައި އަދި މާޅޮސްމަޑުލު އުތުރުބުރީ އުނގުލު އެ އަތޮޅު އުނގޫފާރުގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސް މުއިއްޒު މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ކަނޑާލިފިނޮޅު، ހއ. ވަށަފަރުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ ވަށަފަރު ރައްޔިތުންގެ އެދުމުގެ މަތިންނެވެ. އަދި ރ. އަތޮޅު އުނގުލު އެ އަތޮޅު އުނގޫފާރުގެ ބައެއް ކަމުގައި ހަމަޖެއްސެވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ބަދަލާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު ވަނީ އަދާހަމަކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ.