ތައިލެންޑްގައި ހައްޔަރުކޮށްފައި ހުރި ދިވެއްސަކު މަރުވެއްޖެ

އަވަސް

6 މާރިޗު 2026 | ހުކުރު | 3:43

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑްގައި ހައްޔަރުކޮށްފައި ހުރި ދިވެއްސަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އިބްރާހީމް ނަބީހް ނަސީމް (22އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ޑޮން މުއަންގް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ނަމަވެސް އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް