ބަންޑާރަ މިސްކިތާ ގުޅޭ ގޮތުން މަޝްވަރާ ހޯދަނީ
އަވަސް
7 މާރިޗު 2026 | ހޮނިހިރު | 12:40
މާލެ ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަން ބޭނުންވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާކަން މިނިސްޓަރު ޝަހީމް އިއުލާނު ކުރެއްވުމުން 100 އަހަރުވާން ކައިރިވެފައިވާ އެ މިސްކިތް ތަޅާނުލުމަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ގޮވާލާފަ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ބަންޑާރަ މިސްކިތަކީ ރާއްޖޭގެ އާސާރީ ތަރިކައިގެ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ މިސްކިތެއް ނޫން ކަމަށާއި އެތަނުގައި ބޮޑު މިސްކިތެއް ބިނާކުރަން ގަސްތުކުރެއްވީ އެހެންވެ ކަމަށެވެ. "މިނިސްޓްރީން ކަންކަން ކުރާނީ ރައްޔިތުންގެ އަޑުއަހާފަ. އެއާ އެއްގޮތަށް. އާ މިސްކިތެއް ބިނާކުރުމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާން ބޭނުން،" ޝަހީމް ވިދާޅުވި އެވެ. ބަންޑާރަ މިސްކިތަށް ވަނީ 98 އަހަރުވެފަ އެވެ.