އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރަން ދުބާއީ ބަޔަކަށް

އަވަސް

7 މާރިޗު 2026 | ހޮނިހިރު | 10:00

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްޓަކައި ސެންޓްރަލް ޕަވަ ސްޓޭޝަން (ސީޕީއެސް) ގާއިމުކުރުމަށް ބޭރުގެ ބަޔަކާ ހަވާލުކޮށްފި އެވެ.

މިމަޝްރޫއު މިއަދު ހަވާލުކުރީ ދުބާއީގައި ރަޖިސްޓަރީކޮށްފައިވާ ޑެފިނިޓް ސޮލިއުޝަންސް ކިޔާ ކުންފުންޏަކަށެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ ފައުންޑަ އަދި ސީއީއޯ އަބްދުﷲ ސައީދު އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މޭޖަ (ރިޓަޔާޑް) މުހައްމަދު ނަޖާހު އެވެ. މިއެއްބަސްވުމުގެ ދަށުން ސިޕީއެސް ގާއިމުކުރުމުގެ ހުރިހާ މަސައްކަތެއްގެ އިތުރުން އިންޖީނުތައް ބަހައްޓައި އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކޮށްދޭނެ އެވެ. އައްޑޫގައި ސެންޓްރަލް ޕަވާ ސްޓޭޝަން ގާއިމުކުރުމަށް މީގެކުރިން ހަވާލުކުރީ ޗައިނާގެ ޑޮންފަން ކުންފުންޏަށެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުދާތީ އެ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. ފެނަކައިން ބުނީ ސީޕީއެސް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ނިމުމުން އައްޑޫގައި 26.37 މެގަވޯޓުގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން ހުންނާނެ ކަމަށެވެ.

މައުޟޫޢުތަށް