ދަމު ނަމާދު 35 މިސްކިތެއްގައި، އިއުތިކާފަށް ތިބުން 25 މިސްކިތެއްގައި

އަވަސް

8 މާރިޗު 2026 | އާދިއްތަ | 11:48

ރޯދަ މަހުގެ ފަހު ދިހައެއްގައި ދަމު ނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެ މިނިސްޓްރީން ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ފަހު ދިހައެއްގައި 35 މިސްކިތެއްގައި ޖަމާއަތުގައި ދަމު ނަމާދު ކުރާނެ ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހުގެ ފަހު 10 އެއްގައި ދަމުނަމާދާއި އިއުތިކާފަށް ތިބޭ މިސްކިތްތައް ކަނޑައަޅާ އެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ހަމަޖައްސަ އެވެ. ރަމަޟާން މަހުގެ ފަހު 10 ގައި މިސްކިތްތަކުގައި އާންމު ގޮތެއްގައި ދަމު ނަމާދުކުރަން ފަށަނީ މެންދަމު ދެގަޑި ސުންމިނެޓުން ފެށިގެންނެވެ.

މައުޟޫޢުތަށް