ކިލޯއެއްގެ ޑްރަގާއެކު އިންޑިއާ ދެ މީހުން ހައްޔަރުކޮށްފި

އަވަސް

8 މާރިޗު 2026 | އާދިއްތަ | 11:34

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޖައިނަބު ވާޖިދު އަލީ، އިންޑިއާ (25އ) އާއި، މުހައްމަދު ނަވާޒް ދަޔަތަރު، އިންޑިއާ (21އ) އެވެ. އިންޑިއާއިން ރާއްޖެއައި މި ދެ މީހުންނަކީ ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުޟޫޢުތަށް