ދަރިފުޅަށް ދެ އަހަރު ވަންދެން ހުސްވަގުތު ދޭން ފާސްކޮށްފި
އަވަސް
8 މާރިޗު 2026 | އާދިއްތަ | 2:48
ދަރިފުޅަށް ދެ އަހަރު ވަންދެން ޑިއުޓީ ވަގުތުން ހުސް ވަގުތު ދޭން ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާހު ފާސްވީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހު ގެނައުމުގެ ކުރިން ގާނޫނުގައި އޮތް ގޮތުން މުވައްޒަފަކު ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށްޓަކައި މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅުގެ ގާތަށް ދިއުމަށް 30 މިނެޓްގެ ހުސްވަގުތު ކޮޅެއް ދުވާލަކު ދެ ފަހަރު ލިބެނީ ދަރިފުޅުގެ އުމުރުން 1 އަހަރު ވަންދެންނެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިތުރު އިސްލާހުތަކުގެ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތެއްގައި ވަޒީފާގެ ބަހައްޓާ މުވައްޒަފަކު ވަކިކުރާނަމަ ދެ ހަފުތާއެއްގެ ނޯޓިސް ދޭ ގޮތަށް ކަނޑަ އެޅުން ހިމެނެ އެވެ.