އަލަށް ހުޅުވި މިސްކިތްތަކަށް ސައުދީއިން ހަދިޔާކުރި މުސްހަފުތައް
އަވަސް
8 މާރިޗު 2026 | އާދިއްތަ | 7:20
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްހަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވި މިސްކިތްތަކަށް ފޯރުކޮށްދީފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލަށް ހުޅުވި މިސްކިތްތަކަށް މުސްހަފްތައް ވަނީ ފޯރުކޮށްދީފަ އެވެ.
މިދިޔަ އަހަރު ސައުދީ އަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފަ އެވެ. މި މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ.