ނުލިބި ހުރި 666 މިލިއަން ހޯދައިފި
އަވަސް
9 މާރިޗު 2026 | ހޯމަ | 11:54
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާގެ ތެރެއިން 666 މިލިއަން ރުފިޔާ ހޯދައިފި އެވެ.
މީރާ އިން ބުނީ އެ އޮތޯރިޓީއަށް ނުލިބިހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 666 މިލިއަން ރުފިޔާ މިދިޔަ މަހު ހޯދާފައިވާ ކަމަށެވެ. އެ ގޮތުން ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށް މީރާއިން ބުންޏެވެ. މީގެ އިތުރުން އިންސްޓޯލްމަންޓް ޕްލޭންގެ ދަށުން 61 މިލިއަން ރުފިޔާ އަދި ފައިސާ ދެއްކުމަށް ހަނދާންކޮށްދީގެން 34 މިލިއަން ރުފިޔާ މިދިޔަ މަހު މީރާއިން ވަނީ ހޯދާފަ އެވެ. މިރާ އިން ބުނީ ފިޔަވަޅު އަޅައިގެން 11 މިލިއަން ރުފިޔާ އަދި އެކައުންޓް ފްރީޒްކޮށްގެން ފަސް މިލިއަން ރުފިޔާ މިދިޔަ މަހު ހޯދާފައިވާ ކަމަށެވެ. ނުލިބިހުރި ފައިސާ ހޯދަށް ކުރި މަސައްކަތުން މި އަހަރުގެ ޖެނުއަރީ މަހު މީރާއިން 531 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ.