ޕެންޝަން އޮފީހުގެ މެންބަރު ކަމަށް ތިންވަނަ ފަހަރަށް ހުޅުވާލައިފި
އަވަސް
9 މާރިޗު 2026 | ހޯމަ | 12:15
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާ މެންބަރަކު އައްޔަންކުރަން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމު ހުސްވެފައިވާތީ މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. އެ އިއުލާނާ ގުޅިގެން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ މި މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ އިއުލާނާ ގުޅިގެންވެސް ބޭނުންވާ އަދަދަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން ފުރުސަތު ހުޅުވާލީ މިއަދު އެވެ. ޕެންޝަން އޮފީހުން ބުނީ ބޯޑު މެންބަރުން ހޮވުމުގެ ކަންކަން ކުރިއަށްގެން ދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓްކޮށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަގީންކުރެވޭނެ ކަމަށެވެ. ޕެންޝަން އޮފީހުގެ ބޯޑަށް މެންބަރުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ.
މީގެ އިތުރުން ޕެންޝަނާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށްވެސް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެ އެވެ.