އުރީދޫ ކަރާ ފަޅައިގެން އެންމެ ފަހުގެ ޑީޖޭއައި 2 ޑްރޯން ހިމެނޭ ހެން އެއް ލައްކަ ރުފިޔާގެ އިނާމު

އަވަސް

10 މާރިޗު 2026 | އަންގާރަ | 10:25

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް، އެ ކުންފުނީގެ ސުޕަ އެޕްގައި ހިމެނޭ "ކަރާ ފެޅުން" ގޭމް ކުޅެގެން 100،000 ރުފިޔާގެ އަގުހުރި ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ރޯދަމަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

އުފެއްދުންތެރިކަމާއި، މުއާސަލާތީ ގުޅުމާއި އަދި މުނިފޫހިފިލުވުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އާލާތްތައް މި އިނާމު ޕެކޭޖުގައި ހިމެނެ އެވެ.

ފޮޓޯގްރަފީ، ވީޑިއޯގްރަފީ، މަސައްކަތުގެ އުފެއްދުންތެރިކަން އިތުރުކުރުމާއި، ދުވަހުން ދުވަހަށް ބޭނުންކުރާ ޑިޖިޓަލް އާލާތްތައް އެކުލެވޭ މި އިނާމަކީ ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކާއި، އުފެއްދުންތެރިން އަދި އާ ކަންކަން ތަޖުރިބާ ކުރާ ފަރާތްތަކަށް ވަރަށް ހާއްސަ ޕެކޭޖެއްކަން އުރީދޫ އިން ފާހަގަކުރެއެވެ، ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް މެދުވެރިކޮށް މި ގޭމް ކުޅޭ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ހަދިޔާއެއް ލިބޭނެ އެވެ. މީގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ޕްލޭސްޓޭޝަން 5 ކޮންސޯލްތަކާއި، އެއާ ޕިއުރިފަޔާތަކާއި، ފައިސާގެ އިނާމުތަކުގެ އިތުރުން އެހެނިހެން ހަދިޔާތައް ހިމެނެ އެވެ. މި ކެމްޕޭން މެދުވެރިކޮށް އުރީދޫ މޯލްޑިވްސްއިން މަސައްކަތްކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށް، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް އިތުރު ފައިދާތަކާއި އުފާވެރިކަން ގެނެސްދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ ހަރަކާތެކެވެ. އުރީދޫ އެޕް މެދުވެރިކޮށް މި ގޭމް ކުޅެ، 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހިމެނޭހެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް ވެސް އޮތް ކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް