އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

އަވަސް

10 މާރިޗު 2026 | އަންގާރަ | 11:30

އިޒްރޭލުން ލުބުނާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފި އެވެ.

ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލްގެ ހަނގުރާމަމަތީ އުޅަނދުތަކުން ލުބުނާންގެ އެކި ސަރަހައްދުތަކަށް ރޭ ވަރުގަދަ ހަމަލާތަކެއް ދީފައިވެ އެވެ. މީގެ ތެރޭގައި ލުބުނާންގެ ރިހާން ޝަގްރާ އާއި އައިނުލް ތީނާގެ އުސް ބިންތައް ހިމެނެ އެވެ. މީގެ އިތުރުން، ލުބުނާނުގެ ދެކުނުގައިވާ ހިޔާމްގެ ބޭރު ސަރަޙައްދުތަކުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެ ގޮތުން އެ ސަރަޙައްދުގެ ރައްޔިތުންނަށް ބޮން ގޮއްވާ އަޑާއި ބަޑީގެ އަޑުތައް މެދުނުކެނޑި އިވެމުންދާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ލުބުނާނުގެ ހެލްތު މިނިސްޓްރީން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިޒްރޭލުން ފަށާފައިވާ މި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 486 މީހުން ވަނީ މަރާލާފަ އެވެ. އަދި 1،313 މީހުން ވަނީ ޒަހަމްވެފަ އެވެ.

މައުޟޫޢުތަށް