ޣައްޒާގައި ކާބޯތަކެތީގެ އަގު އަނެއްކާވެސް އުފުލިއްޖެ
އަވަސް
10 މާރިޗު 2026 | އަންގާރަ | 1:19
ޣައްޒާގައި ކާބޯތަކެތީގެ އަގުތައް އަނެއްކާވެސް އުފުލިއްޖެ އެވެ.
ޣައްޒާގައި ކާބޯތަކެތީގެ އަގު އުފުލިފައިވާއިރު އިޒްރޭލާއި އެމެރިކާ އިސްވެ މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނަށް ހަމަލާ ދޭން ފަށައި އިޒްރޭލުން ވަނީ ޣައްޒާގެ ބޯޑަރު ބަންދުކޮށްފަ އެވެ. ތަކެތީގެ އަގު އުފުލުމުގެ އިތުރުން އަސާސީ ބައެއް ތަކެތި ޣައްޒާއިން ވަނީ ހުސްވެފަ އެވެ. މިއާއެކު އާންމުން ދަނީ ވީވަރަކުން ކާބޯތަކެތި ގަނެ ރައްކާކުރަން މަސައްކަތް ކުރަމުންނެވެ. ޣައްޒާއަށް ކާބޯތަކެއްޗާއި ތެލާއި ބޭސް އެތެރެކުރަނީ ލޮރީތަކުގަ އެވެ. ނަމަވެސް ބޯޑަރު ބަންދުކުރުމުން މުދާ އެތެރެކުރާ މިންވަރު މަދުވެ އޭގެ ނޭދެވޭ އަސަރު ބާޒާރުތަކަށާއި ހޮސްޕިޓަލްތަކަށް ދަނީ ކުރަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ރީޖަނަލް ޑައިރެކްޓަރު ހަނާން ބަލްހީ ވިދާޅުވި ގޮތުގައި ޣައްޒާގެ ރައްޔިތުންނަށް ދުވާލަކު 600 އެހީގެ ލޮރީ ބޭނުންވެ އެވެ. ނަމަވެސް މިހާރު އެތެރެވަނީ ގާތްގަނޑަކަށް 200 ލޮރީގެ މުދާ ކަމަށް އޭނާ ވިދާޅުވި އެވެ.