"އެލައިޑް އައިފޯން ޑްރޮޕް" – އިންސްޓަގްރާމް ފޮލޯވަރުންނަށް ހާއްސަ

އަވަސް

10 މާރިޗު 2026 | އަންގާރަ | 4:25

އެލައިޑް އިންޝުއަރެންސް އިން އެލައެޑްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ލިބޭ "އެލައިޑް އައިފޯން ޑްރޮޕް" ގިވްއަވޭ ކެމްޕެއިން އިއުލާންކޮށްފި އެވެ.

މި ގިވްއަވޭ ކެމްޕެއިން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެލައިޑުން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު 6 ބޭފުޅުން ޓެގްކުރަން ޖެހޭނެ އެވެ. އަދި ގިނަ ކޮމެންޓްތައް ކުރެއްވުމުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެ އެވެ. މީގެ އިތުރުން، ޕްރައިވެޓް އެކައުންޓް ގެންގުޅުއްވާ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުއްވުމުން ބައިވެރިވުންކަށަވަރުވާނެ އެވެ. އެލައިޑުން ބުނި ގޮތުގައި އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން މި ކެމްޕައިނުގައި ބައިވެރިވެ، އެކުވެރިން ޓެގްކޮށް، މި ފުރުސަތުގެ ބޭނުންހިފުމެވެ.

މައުޟޫޢުތަށް