ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފި

އަވަސް

11 މާރިޗު 2026 | ބުދަ | 10:33

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި އެވެ.

ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އެޕްރީލް 4 ވަނަ ދުވަހު އެވެ. އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް ދިވެހި ސަރުކާރުގެ ގެޒެޓް އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވަނީ އާންމުކޮށްފަ އެވެ. މި އިންތިހާބުގައި 299,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

މައުޟޫޢުތަށް