ރަސްމީ ރިޒާވުގައި 1.27 ބިލިޔަން ޑޮލަރު

އަވަސް

11 މާރިޗު 2026 | ބުދަ | 3:14

ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް 1.27 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހު ރަސްމީ ރިޒާވްގައި ހުރީ 1.03 ބިލިއަން ޑޮލަރެވެ. މިއީ 23 ޕަސެންޓް އިތުރުވުމެކެވެ. ރަސްމީ ރިޒާވްގެ އިތުރުން ޔޫޒަބަލް ރިޒާވް -- ބޭނުންކުރެވޭ ރިޒާވްވެސް ވަނީ މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު އިތުރުވެފަ އެވެ. އެމްއެމްއޭ އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަސް ނިމުނުއިރު ކުރު މުއްދަތުގައި ދައްކަންޖެހޭ ދަރަނި ހުރީ 1.03 ބިލިއަން ޑޮލަރުގަ އެވެ. ރަސްމީ ރިޒާވް އާއި އެހެނިހެން ފޮރިން ކަރަންސީ އެސެޓްސްއިން ކުރު މުއްދަތުގެ ދަރަނި އުނި ކުރުމުން ފެބްރުއަރީ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 337 މިލިއަން ޑޮލަރުގަ އެވެ. މި އަހަރުގެ ޖެނުއަރީ މަހު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 300 މިލިއަން ޑޮލަރުގަ އެވެ.

މައުޟޫޢުތަށް