ގިވްއަވޭގައި މައުލޫމާތު ހޯދަން ފޯމެއް ނުފޮނުވާނެ: އެލައިޑް
އަވަސް
11 މާރިޗު 2026 | ބުދަ | 7:18
އިންސްޓަގްރާމްގައި ކުރިއަށްދާ "އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ" ގައި ބައިވެރިވާ މީހުންނަށް އޮޅުވާލައިގެން ބަޔަކު މެސެޖުކޮށް، ގޫގުލް ފޯމެއް ފުރުމަށް އެދޭކަމުގެ މައުލޫމާތު ސަމާލުކަމަށް އައިސްފައިވާ ކަމަށް އެލައިޑް އިންޝުއަރެންސުން ބުނެފި އެވެ.
އެލައިޑް އިންޝުއަރެންސުން ބުނީ މި ގިވްއަވޭގެ އެއްވެސް ބައިވެރިއަކަށް ގޫގުލް ފޯމެއް ނުވަތަ އެހެން އެއްވެސް ލިންކެއް ފޮނުވާފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެކި ލިންކްތަކަށް ވަދެ ފޯމު ފުރުމަށާއި އަމިއްލަ މައުލޫމާތު ހިއްސާކުރުމަށް އެދި ފޮނުވާ އެއްވެސް މެސެޖަކީ އެލައިޑާ ގުޅުންހުރި މެސެޖުތަކެއް ނޫން ކަމަށް އެލައިޑް އިންޝުއަރެންސުން ވަނީ ބުނެފަ އެވެ. އޮޅުވާލައިގެން ފޮނުވާ މިފަދަ އެއްވެސް ފޯމެއް ނުފުރުމަށާއި އަމިއްލަ މައުލޫމާތު އެފަދަ އެކައުންޓްތަކާ ހިއްސާ ނުކުރުމަށް އެލައިޑުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެލައިޑުން ބުނި ގޮތުގައި މި ގިވްއަވޭއާ ގުޅުންހުރި މައުލޫމާތު އާންމުކުރާނީ އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް .@ މެދުވެރިކޮށް އެކަންޏެވެ.
އެލައިޑް އިންޝުއަރެންސްގެ ނަމުގައި މި ގިވްއަވޭއާ ގުޅޭ އެއްވެސް ކަހަލަ ޝައްކުކުރެވޭ މެސެޖެއް ލިބިއްޖެނަމަ، އެ މެސެޖަކަށް ޖަވާބު ނުދީ އެ އެކައުންޓެއް ރިޕޯޓްކޮށް އެކަން ލަސްނުކޮށް އެލައިޑާ ހިއްސާކުރުމަށް ވަނީ އެދިފަ އެވެ. ކަސްޓަމަރުންގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުމަކީ އެލައިޑް އިންޝުއަރެންސުން އެންމެ އިސްކަންދޭކަން ކަމަށާއި މި ގިވްއަވޭގައި ބައިވެރިވާ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް އޮންލައިންކޮށް ހިންގާ މިފަދަ އޮޅުވާލުންތަކަށް އަބަދުވެސް ސަމާލުވެ ތިއްބެވުމަށް އެލައިޑުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެލައިޑްގެ ސައްހަ މައުލޫމާތާއި އަޕްޑޭޓްތައް ހޯދުމަށް އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް .@ ފޮލޯކުރުމަށް އެލައިޑުން ވަނީ އެދިފަ އެވެ.