400 ހައުސިން ޔުނިޓަށް ބޭނުންވާ ތަކެތި ކުޅުދުއްފުށްޓަށް ގެންގޮސްފި

އަވަސް

11 މާރިޗު 2026 | ބުދަ | 9:59

ކުޅުދުއްފުށި ސިޓީގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސްފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތަށް ބޭނުންވާ ތަކެތި އެ ރަށަށް ގެންގޮސް މަސައްކަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންދާ ކަމަށެވެ. ކުޅުދުއްފުށީގައި ހުއްޓިފައި ހުރި 400 ހައުސިން ޔުނިޓް އެޗްޑީސީއާ ހަވާލުކުރީ ހައުސިން މިނިސްޓްރީންނެވެ. މި 400 ހައުސިން ޔުނިޓުގެ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ މެއި މަހުގެތެރޭގަ އެވެ. ނަމަވެސް މި މަސައްކަތްވަނީ ވަކި ހިސާބަކުން ހުއްޓިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ކުޅުދުއްފުށި ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސިޓީގައި 2،000 ހައުސިން ޔުނިޓްގެ މަސައްކަތް ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ.

މައުޟޫޢުތަށް