48 ގަޑިއިރު ތެރޭގައި 231،000 ރުފިޔާ ހޯދައި 11 މީހަކު ހައްޔަރުކޮށްފި
އަވަސް
11 މާރިޗު 2026 | ބުދަ | 11:00
މާލެ ސިޓީގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި 48 ގަޑިއިރު ތެރޭގައި 230،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައި 11 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ފުލުހުން ހޯދި ފައިސާއަކީ ވައްކަމާއި އެކި ކުށްތައް ކޮށްގެން ބަޔަކު ހޯދާފައި ހުރި ފައިސާ ކަމަށެވެ. މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ފުލުހުން ކުރިއަށް ގެންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. ރޯދަ މަހާ ދިމާކޮށް ބައެއް ކަހަލަ ކުށްތައް އިތުރުވެފައިވާތީ އެފަދަ ކުށްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.