އަގްސާ ބަންދުކޮށްފައި އޮންނަ އޮތުން އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި

އަވަސް

12 މާރިޗު 2026 | ބުރާސްފަތި | 6:49

އިޒްރޭލުން މަސްޖިދުލް އަގްސާ ބަންދުކޮށްފައި އޮންނަ އޮތުން އިސްލާމީ ގައުމުތަކުން ކުށްވެރިކޮށްފި އެވެ.

އަގްސާ މިސްކިތް ބަންދުކޮށްފައި އޮންނަ އޮތުން ކުށްވެރި ކުރި ގައުމުތަކުގެ ތެރޭގައި ގަތަރު، ޖޯޑަން، އިންޑޮނީޝިއާ، ތުރުކީ، ޕާކިސްތާނު، ސައުދީ އަރަބިއްޔާ، މިސްރު އަދި ޔޫއޭއީ ހިމެނެ އެވެ. މި ގައުމުތަކުގެ ފޮރިން މިނިސްޓްރީން ބުދަ ދުވަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނީ އިޒްރޭލުގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު އަމަލެއް ކަމަށެވެ. ގުދުސްއަށާއި އަލް-އަގްސާއަށް ވަނުމަށް އިޒްރޭލުން އަޅާ ހުރަސްތައް ވަގުތުން ނިމުމަކަށް ގެނައުމަށްވެސް މި ބަޔާނުގައި ވަނީ ގޮވާލާފަ އެވެ. "ސަލާމަތީ" ފިޔަވަޅެއް ކަމަށް ބުނެ އިޒްރޭލުން މިކަން ކުރީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެންނެވެ.

މައުޟޫޢުތަށް