މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް ފަށައިފި
އަވަސް
12 މާރިޗު 2026 | ބުރާސްފަތި | 12:28
ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝްގެ ޑާކާއަށް ފަށައިފި އެވެ.
މެދުކެނޑުމަކަށްފަހު މޯލްޑިވިއަންގެ ދަތުރުތައް އަލުން ޑާކާއަށް ފެށިއިރު މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހު އެވެ. މި ދަތުރުތަކުގެ ދެކޮޅު ޓިކެޓް ފެއާ ރޭޓް ފެށެނީ 399 ޑޮލަރުންނެވެ. މި ދަތުރުތަކަށް 30 ކިލޯގެ ބެގޭޖް އެލަވަންސް ލިބެ އެވެ. މި ދަތުރުތައް ރާވާފައިވަނީ ފަތިހު ޑާކާއަށް ފޯރާ ގޮތަށް ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ. މި ދުވަސްވަރަކީ ރޯދަމަސް ނިމި އީދު ބަންދާ ދިމާވާ ދުވަސްވަރަށްވުމުން މިއީ އަމިއްލަ ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްގެ މީހުންނަށް ލިބޭނެ ފަސޭހައެއްކަން މޯލްޑިވިއަން އިން ފާހަގަކުރެ އެވެ. މޯލްޑިވިއަން އިން ބަންގްލަދޭޝަށް ކުރި ދަތުރުތައް މެދުކަނޑާލީ 2024 ވަނަ އަހަރު އެވެ.