އިތުރު ގައުމުތަކުން ތެޔޮ ހޯދަނީ

އަވަސް

12 މާރިޗު 2026 | ބުރާސްފަތި | 5:49

ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޚަލީލް ވިދާޅުވީ ރާއްޖެއަަށް ތެޔޮ ގެންނަ މެދުއިރުމަތީގެ ސަރަހައްދު މި ވަގުތު ހާލަތާއެކު ތެޔޮ ލިބޭނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން އަވަށްޓެރި ގައުމުތަކާއި އެހެން އިތުރު ގައުމުތަކުންވެސް ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ޚަލީލް ވިދާޅުވި އެވެ. "މިއީ ވަކި ގައުމަކަށް ނުވަތަ މަދު ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ތެޔޮ ހޯދުން ޑައިވާސިފައިކުރުމަށް ކުރެވޭ މަސައްކަތް،" ހަލީލް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން އިގުތިސާދަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދިރާސާކުރަމުންދާ ކަމަށާއި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަރުދަނާ ކުރަމުންދާ ކަމަށެވެ.

މައުޟޫޢުތަށް