ހައްޖުގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެ: ޝަހީމް

އަވަސް

12 މާރިޗު 2026 | ބުރާސްފަތި | 6:48

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ހައްޖުގެ އެއްވެސް ކަމަކަށް ބުރޫ ނާރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލެއްވި ވަޒީރުންގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖުގެ ހުރިހާ ކަމެއް ވަރަށް ފުރިހަމަށް ގެންދެވޭނެ ކަމަށެވެ. އެ ގޮތުން ހައްޖާއި ގުޅޭ އިންތިޒާމުތައް އެންމެ އަވަހަށް ނިންމި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ޝަހީމް ފާހަގަކުރެއްވި އެވެ، ޝަހީމް ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ 1،000 ހައްޖު ކޯޓާގައި ދަތުރުކުރާ ހައްޖުވެރިންގެ ވިސާ ދޫކޮށް ހައްޖުވެރިން ތިބުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ރަމަޟާންމަހުގެ ފަހު 15ގައި އުމްރާގެ އަޅުކަމަށް ރާއްޖެއިން 2000އަށް ވުރެ ގިނަ މީހުން މައްކާއަށް ގޮސްފައިވާއިރު އެ އެންމެންގެ ހާލު ރަނގަޅު ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

މައުޟޫޢުތަށް