ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 100 ޑޮލަަރުން މައްޗަށް

އަވަސް

13 މާރިޗު 2026 | ހުކުރު | 10:02

މެދުއިރުމަތީގެ ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އަނެއްކާވެސް 100 ޑޮލަަރުން މައްޗަށް އުފުލިއްޖެ އެވެ.

ތެލުގެ ބާޒާރުގެ އަގުތަކަށް ބަލާ އެންމެ މުހިންމު މިންގަނޑު ކަމުގައިވާ ބްރެންޓް ކްރޫޑްގެ އަގު ހުކުރު ދުވަހު ޖީއެމްޓީ ގަޑިން 3:00 ގައި ހުރީ 101.13 ޑޮލަރުގަ އެވެ. އެމެރިކާ އާއި އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދީ ފެށި ހަނގުރާމައާއެކު އީރާނުން ވަނީ ހޮރުމޫޒް ކަނޑުއޮޅި ބަންދުކޮށްފަ އެވެ. މިއީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅައެއްބައި ދަތުރުކުރާ ކަނޑުއޮޅި އެވެ. އީރާނުން ވަނީ ހޮރްމޫޒު ކަނޑުއޮޅިން "އެންމެ ތެޔޮ ލީޓަރެއްވެސް" ބޭރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަށްވުރެ އީރާނަށް ނިއުކްލިއާ ހަތިޔާރު ލިބުން ހުއްޓުވުން މާބޮޑަށްވެސް މުހިންމު ކަމަށެވެ.

މައުޟޫޢުތަށް