މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އަވަސް

13 މާރިޗު 2026 | ހުކުރު | 2:44

މާލޭގެ ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

މަރުވެފައި އޮއްވާ ފެނުނީ ތޯތާޕަރީ / ސ.ހުޅުދޫ ، މުޙައްމަދު ނިޒާރު( 54އ) އެވެ. ފުލުހުން ބުނި ގޮތުގައި އޭނާ މަރުވެފައި އޮއްވާ ފެނުނީ މާފަންނު، ދަކަންދާމަގުގައި ހުންނަ ގެއަކުންނެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިއަދު 1:01 ހާއިރު އެވެ. ފުލުހުން ބުނީ މުޙައްމަދު ނިޒާރު މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް