އެމެރިކާ އަސްކަރިއްޔާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވައްޓާލައިފި
އަވަސް
13 މާރިޗު 2026 | ހުކުރު | 3:03
އެމެރިކާ އަސްކަރިއްޔާގެ ތެޔޮ އަޅައިދޭ މަތިންދާބޯޓެއް ވައްޓާލައިފި އެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރެއިން މި މަތިންދާބޯޓު ވައްޓާލީ އިރާގުގެ ހުޅަނގުގެ ސަރަހައްދަކަށެވެ. މި ބޯޓަށް ދިން ހަމަލާގެ ޒިންމާ އުފުލާފައިވަނީ އިރާގުގައި ހަރަކާތްތެރިވާ އިސްލާމިކް ރެސިސްޓެންސްއިންނެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނީ ކޭސީ-135 މަރުކާގެ ބޯޓެއް ވެއްޓިފައިވާ ކަމަށާއި އެ ބޯޓުގައި ތިބި ހަ މީހުންގެ ތެރެއިން ހަތަރު މީހުން މަރުވެފައިވާ ކަމަށެވެ. މި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށާއި ބޯޓު ވެއްޓުނީ ދުޝްމަނުންގެ ހަމަލާއަކުން ނުވަތަ އަމިއްލައަށް ދެވުނު ހަމަލާއަކުން ނޫން ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ވަނީ ބުނެފަ އެވެ.