އުރީދޫގެ އީ-ސިމް ހިދުމަތް ހަ މަސް ދުވަހަށް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް
އަވަސް
13 މާރިޗު 2026 | ހުކުރު | 4:36
އެލް މޮބައިލްއިން އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރާ ގުޅިގެން އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް އީ-ސިމްގެ ހިދުމަތް ހަ މަސް ދުވަހަށް ހިލޭ ލިބޭ ހާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފި އެވެ.
މި ޕްރޮމޯޝަންގެ ދަށުން ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް މޮބައިލްގެ އެޕަލް މޮނޯ ސްޓޯރުން އުރީދޫގެ ހިދުމަތްތަކާ ގުޅޭ އެޕަލް ވޮޗް މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެ އެވެ. މި ހިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި، މެސެޖު ފޮނުވުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރެވޭނެ އެވެ. މި ފަސޭހަ ކަނެކްޓިވިޓީގެ ސަބަބުން ކަސްޓަމަރުންގެ ދުވަހީ ދިރިއުޅުމުގެ ކަންކަމާއި، ކަސްރަތު ކުރުމާއި، ދަތުރުފަތުރު ކުރުމާއި، ބޭރުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ. އަދި މިއީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކަށް ލިބުނު މުހިންމު ކުރިއެރުމެއްކަން އުރީދޫ އިން ފާހަގަކުރެ އެވެ. ރާއްޖޭގައި އެޕަލްގެ ވޭރަބަލް ކަނެކްޓިވިޓީ ހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސް އެވެ. މިއާއެކު ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ތަޖުރިބާތައް ރާއްޖޭގެ ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ. އުރީދޫ ގްރޫޕުގެ ތެރެއިން އެޕަލް ވޮޗްގެ މި ޒަމާނީ އީ-ސިމް ހިދުމަތް ތައާރަފުކުރި ތިން ގައުމުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ހިމެނެ އެވެ. އުރީދޫ އިން ބުނީ ހަ މަސް ދުވަހުގެ މި ޕްރޮމޯޝަން މުއްދަތު ހަމަވުމަށްފަހު، މަހަކު 199 ރުފިޔާ ދައްކައިގެން ކަސްޓަމަރުންނަށް މި ހިދުމަތް މެދުނުކެނޑި ބޭނުންކުރެވޭނެ ކަމަށެވެ. މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ އެލް މޮބައިލްގެ އެލް ސްޓޫޑިއޯ ފިހާރަ -- އެޕަލް މޮނޯ ސްޓޯރުން ގަންނަ އެޕަލް ވޮޗްތަކަށެވެ. މިއީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކާއި އުރީދޫގެ ޒަމާނީ ކަނެކްޓިވިޓީ ޚިދުމަތް އެއްތަނަކުން ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާ ކަމެއްކަން އުރީދޫ އިން ފާހަގަކުރެ އެވެ. އުރީދޫ މޯލްޑިވްސްއިން އަންނަނީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، ކަސްޓަމަރުންނަށް ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނަކުވެސް ގުޅިފައި ތިބުމަށް މަގުފަހިކޮށްދޭ އީޖާދީ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ތައާރަފުކޮށް ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގައި އިސް ދައުރެއް އަދާކުރަމުންނެވެ. އެޕަލް ވޮޗް ސެލިއުލާގެ އިތުރު މައުލޫމާތު އުރީދޫ ވެބްސައިޓުން ލިބޭނެ އެވެ.