ގަލްފް އެއާގެ އުދުހުންތައް މެދުކަނޑާލާފައި އޮތްއޮތުން ދަމަހައްޓައިފި
އަވަސް
13 މާރިޗު 2026 | ހުކުރު | 5:48
ބަހްރެއިންގެ ގަލްފް އެއާގެ އުދުހުންތައް މެދުކަނޑާލާފައި އޮތްއޮތުން ދަމަހައްޓައިފި އެވެ.
ގަލްފް އެއާގެ އުދުހުންތައް މެދުކަނޑާލީ އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ދޭން ފެށި ހަމަލާތަކާއެކު ރައްދުގައި އީރާނުން ބަހްރެއިން ހިމެނޭހެން އެ ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފެށުމުންނެވެ. ގަލްފް އެއާއިން ބުނީ އުދުހުންތައް ވަގުތީގޮތުން މެދުކަނޑާލާފައި އޮތްއޮތުން ދަމަހައްޓާފައިވާ ކަމަށެވެ. އަދި ބަހްރެއިންގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު އަލުން ދަތުރުތައް ފަށާނެ ކަމަށްވެސް ގަލްފް އެއާއިން ވަނީ ބުނެފަ އެވެ. ގަލްފް އެއާއިން ބަހްރެއިން އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ބާއްވަ އެވެ. މީގެ އިތުރުން ސްރީލަންކާގެ ކޮލަމްބޯ އާއި ރާއްޖެއާ ދެމެދުވެސް ދަތުރުތައް ބާއްވަ އެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއެކު މި ދަތުރުތައް ވަނީ ވަގުތީ ގޮތުން ހުއްޓިފަ އެވެ.