އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

އަވަސް

13 މާރިޗު 2026 | ހުކުރު | 7:48

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހަވީރު 4:41 ހާއިރު އެވެ. އެ މީހާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެއީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މައުޟޫޢުތަށް